ސިނަމާލެ ބްރިޖު މޮނިއުމަންޓް ޕާކް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު އުމްރާނީ ތަރައްގީގެ އެއް މަޝްރޫއު ކަމަށްވާ ސިނަމާލެ ބްރިޖުގެ މޮނިއުމަންޓް ހުޅުއްވައި ދެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޝިންގްއެވެ. މި ޕާކް މިހާރު ވަނީ އާންމުންނަށް ހުޅުވާލެވިފައެވެ.
ޕާކުގައި ބްރިޖާ ގުޅޭ މުހިންމު މައުލޫމާތު ހިމެނޭ ފޮޓޯތައް ބަހައްޓާފައިވާއިރު، އާއިލާތަކަށް ހިތްފަސޭހަކަމާއެކު މަޑުކޮށްލެވޭނެ ތަންތަންވެސް ވަނީ ގާއިމުކޮށްފައެވެ. ޕާކް ހުޅުވުމުގެ ރަސްމިއްޔާތުގައި ވަރަށް ގިނަ ކުޑަކުދިން ބައިވެރިވެފައިވެއެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި މި ޕާކަކީ ޗައިނާގެ އެހީގައި ސިނަމާލެ ބްރިޖު މަޝްރޫއު ފުރިހަމަކޮށް، ރާއްޖެއާއި ޗައިނާގެ ގުޅުން ރަމްޒުކޮށްދޭ ޕާކެކެވެ.
ކޮމެންޓު ފޮނުވާ