ރާއްޖޭގެ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި ސްރީލަންކާގެ އުޅަނދެއް ދައުލަތަށް ނަގާ ޖުރިމާނާ ކޮށްފި

ރާއްޖޭގެ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި ސްރީލަންކާގެ އުޅަނދެއް ދައުލަތަށް ނަގާ ޖުރިމާނާ ކޮށްފި

Author
ހުސައިން
18 އޮކްޓޯބަރ 2024 10:10
0

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރި ބޭރުގެ އުޅަނދެއް ދައުލަތަށް ނަގާ، އުޅަނދުގެ ވެރިފަރާތުން 400,000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ހިމެނެނީ "ޕުޝްޕާ ކުމަރަ" ނަމަކަށް ކިޔާ ސްރީލަންކާގެ އުޅަނދެކެވެ. މި އުޅަނދުގެ ވެރިފަރާތް ކަމުގައިވާ ތަމަންތާ ރުކުމަލް ޕެރޭރާގެ މައްޗަށް ކުރެވުނު ޖޫރިމަނާ ހޯދުމަށް ފިޝަރީޒް މިނިސްޓްރީން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. ކޯޓުން ނިންމީ މި ޖޫރިމަނާއަކީ ސާބިތު ދަރަންޏެއްގެ ގޮތުގައި ކަނޑައަޅައި، އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް އެންގުމަށެވެ.

އަދި މީގެ އިތުރުން، މަސްވެރިކަން ކުރި އުޅަނދު ދައުލަތަށް ނެގުމަށްވެސް ކޯޓުން އަމުރުކޮށްފައިވެއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރާ ބޭރުގެ އުޅަނދުތައް ގިނަ ފަހަރަށް ހިފަހައްޓައި، ޖޫރިމަނާ ކުރެވެމުންދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.