ކަރަންޓް އަޕްގްރޭޑްކޮށް ސްޓެލްކޯއިން ޕީކް ސީޒަނަށް ތައްޔާރުވުގެ މަސައްކަތް ފަށައިފި

ކަރަންޓް އަޕްގްރޭޑްކޮށް ސްޓެލްކޯއިން ޕީކް ސީޒަނަށް ތައްޔާރުވުގެ މަސައްކަތް ފަށައިފި

Author
ހުސައިން
18 އޮކްޓޯބަރ 2024 10:04
0

ސްޓެލްކޯއިން ކަރަންޓް އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ފެށުމުގެ މަޤްޞަދަކީ ކަރަންޓުގެ ޚިދުމަތުގެ ދެމެހެއްޓެނިވިކަން އިތުރަށް ކަށަވަރުކޮށް، މާލޭގެ އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމާއި، ޕީކް ސީޒަނަށް ތައްޔާރުވުމެވެ. މި މަސައްކަތުގެ ތެރެއިން، މަޖީދީމަގާއި ސޯސަންމަގު ގުޅޭ ކަންމަތީގައި ގާއިމްކޮށްފައިވާ ސަބްސްޓޭޝަނުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި، އެތަނުގައި ކުރިން ހުރި 630 ކޭވީއޭގެ ޓްރާންސްފޯމަރު ނަގައި، އޭގެ ބަދަލުގައި 1500 ކޭވީއޭގެ ޓްރާންސްފޯމަރެއް ބަހައްޓާފައިވެއެވެ.

މީގެ އިތުރުން، މާލޭގެ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ޑިސްޓްރިބިއުޝަން ވިއުގައިގެ ކެޕޭސިޓީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް މިއަހަރުގެ ތެރޭގައި ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޢުލޫމާތު ސްޓެލްކޯއިން ވަނީ އެކްސް މެދުވެރިކޮށް ހިއްސާކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.