އާޓިފިޝަލް އިންޓެލިޖަންސްއާ ގުޅޭ ޤާނޫނީ ފްރޭމްވަރކަކާއެކު، މާސްޓަރޕްލޭނެއް އެކުލަވައިލެއްވުމަށް ނިންމަވައިފި

އާޓިފިޝަލް އިންޓެލިޖަންސްއާ ގުޅޭ ޤާނޫނީ ފްރޭމްވަރކަކާއެކު، މާސްޓަރޕްލޭނެއް އެކުލަވައިލެއްވުމަށް ނިންމަވައިފި

Author
ހުސައިން
17 އޮކްޓޯބަރ 2024 10:26
0

އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތު މެދުވެރިކޮށް އިޤްތިޞާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއަށް ހޯދޭނެ ގޮތްތަކާއި، އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ޙާލަތްތަކުން ސަލާމަތްވާނެ ގޮތްތަކާއި، އެ ޓެކްނޯލޮޖީގެ ބޭނުން ހިފުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރާނެ ޤާނޫނީ ފްރޭމްވަރކެއް ހިމެނޭ ގޮތަށް އަދި މިފަދަ ކަންކަމުގައި ސަރަހައްދީ ޤައުމުތަކުން ޢަމަލުކުރަމުންދާ ގޮތްތައްވެސް ބައްލަވައި މާސްޓަރޕްލޭނެއް އެކުލަވައިލެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މި ހިނގާ އޮކްޓޫބަރު 16 ވީ ބުދަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތާ ގުޅޭ މާސްޓަރޕްލޭނެއް އެކުލަވައިލެއްވުމަށްފަހު، މިކަމާ ގުޅޭ ކަރުދާސްތައް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ކަނޑައަޅުއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.