އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޞަފޫރާ ޑިފެންސް މިނިސްޓްރީއަށް ބަދަލު ކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޞަފޫރާ ޑިފެންސް މިނިސްޓްރީއަށް ބަދަލު ކޮށްފި

Author
ހުސައިން
17 އޮކްޓޯބަރ 2024 08:11
0

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި އާއިޝަތު ޞަފޫރާ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ބަދަލުކުރެއްވިއެވެ. އޭގެ އިތުރުން ރައީސް މުއިއްޒުވަނީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވަމުން އައި ޑރ. އަބްދުﷲ ފައިރޫޝް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް ބަދަލުކުރައްވާފައެވެ.

ހޯމްލޭންޑް ސެކިއުރިޓީން ވަނީ އަންގާރަ ދުވަހުން ފެށިގެން ފައިރޫޝް އެ މިނިސްޓްރީގައި މަސައްކަތް ފަށާފައިވާކަން ޔަގީން ކޮށްދީފއެވެ. މި ބަދަލު ގެނެވުނުކަން ފައިރޫޝްވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ފައިރޫޝަކީ ފުލުހުންގެ ޚިދުމަތުގައި 20 އަހަރު ހޭދަކުރެއްވުމަށްފަހު 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު ރިޓަޔަރ ކުރެއްވި ބޭފުޅެކެވެ.

ކުރިން ސީއެޗްއެސްއީގެ ޕްރިންސިޕަލެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޞަފޫރާ، މި ސަރުކާރުގައި ފުރަތަމަ އައްޔަންކުރެވުނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށެވެ. ނަމަވެސް، ރައީސް އޮފީހުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި، މިހާރު އޭނާ ވަނީ ޑިފެންސް މިނިސްޓްރީއަށް ބަދަލުކުރައްވާފައެވެ.

މި ބަދަލުތަކާއެކު، ޑިފެންސް މިނިސްޓްރީގައި ޖުމުލަ ދެ ސްޓޭޓް މިނިސްޓަރުން މަސައްކަތްކުރައްވާއިރު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގައި ފައިރޫޝް ހިމެނޭގޮތަށް ހަތަރު ސްޓޭޓް މިނިސްޓަރުން މަސައްކަތްކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.