ލުބުނާންގެ ދެކުނުގެ މައި އަވަށެއް ކަމަށްވާ ނަބަތިއާގެ މޭޔަރ އިޒްރޭލު ހަމަލާތަކުގައި އަވަހާރަ ކޮށްލައިފި

ލުބުނާންގެ ދެކުނުގެ މައި އަވަށެއް ކަމަށްވާ ނަބަތިއާގެ މޭޔަރ އިޒްރޭލު ހަމަލާތަކުގައި އަވަހާރަ ކޮށްލައިފި

Author
ހުސައިން
16 އޮކްޓޯބަރ 2024 05:10
0

ލުބުނާންގެ ދެކުނުގެ މައި އަވަށެއް ކަމަށްވާ ނަބަތިއާގެ މޭޔަރ އިޒްރޭލު ހަމަލާތަކުގައި އަވަހާރަ ކޮށްލައިފިއެވެ.

ލުބުނާންގެ ދެކުނުގައި އޮންނަ މައި އަވަށެއް ކަމަށްވާ ނަބަތިއާގެ މުނިސިޕަލް އިމާރާތަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގައި މަދުވެގެން 6 މީހުން މަރުވެއްޖެ ކަމަށާއި، އޭގެ ތެރޭގައި އެ އަވަށުގެ މޭޔަރު ހިމެނޭ ކަމަށް ސަލާމަތީ ޚިދުމަތްތަކުން ވަނީ ބުނެފައެވެ.

މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އާއި، މި ހާލަތު ސަރަހައްދީ ފެންވަރެއްގައި އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އޮތް އޮވެ، އެމެރިކާގެ ކަންބޮޑުވުންތައް ހުރި ނަމަވެސް، އިސްރާއީލުން އަދިވެސް ގެންދަނީ ލުބުނާނަށް ދެމުންދާ ހަމަލާތައް ފުޅާ ކުރަމުންނެވެ.

މީގެ ކުރިން، ލުބުނާންގެ ވެރިރަށް ބޭރޫތުގެ ދެކުނު ސަރަހައްދުތަކަށް މަދުވެގެން އެއް ފަހަރު އިޒްރޭލުން ވައިގެ ހަމަލާ ދީފައިވާކަމަށް ރޮއިޓާޒްގެ އިން ބުނެފައިވެއެވެ. މި ހަމަލާ ދީފައިވަނީ ލުބުނާންގެ ވެރިރަށަށް އިޒްރޭލުން ދޭ ހަމަލާތަކުގެ ފުޅާމިނާމެދު އެމެރިކާއިން ކަންބޮޑުވުން ފާޅު ކޮށްފިފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.