އަންނަން އޮތް ޖީލުތަކުން ރައީސް މުއިއްޒަށް މުޚާޠަބު ކުރާނީ "ބޮޑުތަކުރުފާނު" ގެ ނަމުން ކަމުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބުރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހް މިހެން ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ތައުރީފްކޮށް ވާހަކަ ދައްކަވަމުންނެވެ.
ޓެކްސް ބޮޑުކުރުމުގެ ބިލަށް ވާހަކަދައްކަވަމުން، ފަލާހް ވިދާޅުވީ އަންނަން އޮތް ޖީލުތަކުން ރައީސް މުއިއްޒަށް މުޚާޠަބު ކުރާނީ "ބޮޑުތަކުރުފާނު" ގެ ނަމުންކަމަށާއި، މިއަދުގެ ކުޑަކުދިންނަށް އެމީހުންގެ މައިންބަފައިން ރައީސް މުއިއްޒުގެ ވެރިކަމުގެ ވާހަކަ ކިޔައިދޭނެއެވެ. ޚާއްޞަކޮށް، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ޤައުމު އޮތް ހާލަތާއި، އެމަނިކުފާނު ވެރިކަމުން ފައިބާވަޑައިގަންނަވާއިރު ޤައުމުގެ ހާލަތު އޮންނާނެ ގޮތުގެ ވާހަކަ ދައްކާނެ ކަމަށް ފަލާހް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިހުގައި ކުރިން ޕީޕީއެމްގައި މަސައްކަތް ކޮށް، މިހާރު ޕީއެންސީއާއި ގުޅިފައިވާ ގިނަ މެމްބަރުން ދަނީ ރައީސް މުއިއްޒުއަށް ވަރަށް ބޮޑަށް ތައުރީފްކޮށް، ކުރީގެ ރައީސް ޔާމިނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ