ދަނޑުވެރިކަން ކުރިއެރުވުމަށް މިހާތަނަށް 16 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

ދަނޑުވެރިކަން ކުރިއެރުވުމަށް މިހާތަނަށް 16 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

ގުޅުންހުރި

ދަނޑުވެރިކަން ކުރިއެރުވުމަށް މިހާތަނަށް 16 މިލިއަން ރުފިޔާގެ ލޯނު ދަނޑުވެރިންނަށް ދޫކޮށްފައިވާ ކަމަށް އެގްރިކަލްޗަރ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގެ ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބެއްގައި މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، ދަނޑުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ފަސޭހައިން ފައިސާ ލިބޭނެ މަގު ފަހިކުރުމަށް "ދަނޑުވެރި ނަފާ" ނަމުގައި ލޯނު ޕްރޮގްރާމެއް އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާ ގުޅިގެން މިނިސްޓްރީން ހިންގަމުން ގެންދެއެވެ. މި ލޯނު ސްކީމްގެ 30 ޕަސަންޓު އަމާޒުކޮށްފައިވަނީ ދަނޑުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އަންހެނުންނަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މި ލޯނު ޕްރޮގްރާމްގެ ދަށުން ޓެކްނޮލޮޖީ ބޭނުންކޮށްގެން ޒަމާނީ ދަނޑުވެރިކަމާއި، އާބަން އެގްރިކަލްޗަރ، ޕްރޮޓެކްޓެޑް އެގްރިކަލްޗަރ، ވާޓިކަލް އެގްރިކަލްޗަރގެ އިތުރުން ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުމާއި، ވެލިއު އެޑިޝަން އަދި ގަހުގެ ނާސަރީ ފަދަ ދަނޑުވެރިކަމުގެ ސިނާއަތުގެ އެކި ދާއިރާތަކަށް ލޯނު ދޫކުރެވިފައިވާ ކަމަށެވެ. އަދި ލޯނު ނެގުމުގައި ދަނޑުވެރިންނަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް ލޯނު ސްކީމަށް ބަދަލުތަކެއް ގެންނަމުންދާ ކަމަށާއި، މީގެ ތެރޭގައި ރަހުނު ނުބަހައްޓާ ނެގޭނެ އަދަދު އެއް ލައްކަ ރުފިޔާއިން ފަސް ލައްކަ ރުފިޔާއަށް އިތުރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން، ދަނޑުވެރިކަމަށް ދޫކުރާ ލޯނުތަކަކީ އިސްލާމިކް ފައިނޭންސް އުސޫލުން ދޫކުރެވޭ ލޯނުތަކަކަށް ހެދުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ