ގުދުސްގައި ހުރި އދ.ގެ ރިލީފް އެޖެންސީގެ އޮފީސް އަތުލަން އިޒްރޭލުން ނިންމި ނިންމުން ރާއްޖެއިން ކުށްވެރި ކޮށްފި

ގުދުސްގައި ހުރި އދ.ގެ ރިލީފް އެޖެންސީގެ އޮފީސް އަތުލަން އިޒްރޭލުން ނިންމި ނިންމުން ރާއްޖެއިން ކުށްވެރި ކޮށްފި

Author
ހުސައިން
15 އޮކްޓޯބަރ 2024 02:13
0

ގުދުސްގައި ހުރި އދ.ގެ ރިލީފް އެޖެންސީގެ އޮފީސް އަތުލަން އިޒްރޭލުން ނިންމި ނިންމުން ރާއްޖެއިން ކުށްވެރި ކޮށްފި

ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި، އިރުމަތީ ގުދުސްގައި ހުރި އދ. ގެ ފަލަސްތީނު ރެފިއުޖީންގެ ރިލީފް އެންޑް ވޯކްސް އެޖެންސީ (އަންރުވާ)ގެ އޮފީސް އަތުލަން އިޒްރޭލުން ނިންމި ނިންމުން ކުށްވެރިކޮށްފިއެވެ.

ދިވެހިރާއްޖެއިން މި ނިންމުން ކުށްވެރިކުރުމާއެކު، އދ. ގެ އެޖެންސީތަކާއި އެހީދޭ ޖަމާއަތްތަކުގެ މަސައްކަތަށް ހުރަސްއެޅުމާއި، އެފަރާތްތަކަށް ހަމަލާދިނުމަކީ ބައިނަލްއަގްވާމީ އަދި އިންސާނީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށް ފާހަގަކޮށްފައިވެއެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން ފަލަސްތީނު ރައްޔިތުންނަށް އަސާސީ ހިދުމަތްތަކާއި ހައްގުތައް ލިބުމަށް ހުރަސްއެޅޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި މި އުނދަގޫ ދަނޑިވަޅުގައިވެސް އަންރުވާއިން ކުރަމުންދާ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތަށް ތާއީދުކުރާ ކަމަށް ދިވެހި ސަރުކާރުން ފާހަގަކޮށްފައިވެއެވެ.

ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވަނީ، ދިވެހިރާއްޖެ އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބެ، އެ ގައުމުގެ މިނިވަންކަމަށް ވަކާލާތުކުރަމުން ގެންދާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.