ރައީސްގެ ޔޫއެން ދަތުރުފުޅަށް ޚަރަދުވީ 2.5 މިލިއަން ރުފިޔާ

ރައީސްގެ ޔޫއެން ދަތުރުފުޅަށް ޚަރަދުވީ 2.5 މިލިއަން ރުފިޔާ

ގުޅުންހުރި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އދ. ގެ 79 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާގެ ނިއުޔޯކަށް ކުރެއްވި ދަތުރުފުޅަށް 2,455,583.01 ރުފިޔާ ޚަރަދުވެފައިވާކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ. އެހެންނަމަވެސް، ސެޕްޓެމްބަރު 20 އިން 29 އަށް ކުރެއްވި މި ދަތުރުފުޅުގެ ޚަރަދުތަކުގެ ތަފްސީލު ނުވަތަ ވަޑައިގެންނެވި ވަފުދުގެ މެންބަރުންގެ އަދަދު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް، މި ދަތުރުފުޅުގައި ރައީސްއާއެކު ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި އޭރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިޤު އިބްރާހީމް ހިމެނިވަޑައިގަންނަވާކަން އެނގެއެވެ. ރައީސް އޮފީހުން ކުރިން ބުނެފައިވަނީ މި ބައްދަލުވުމުގައި ރާއްޖެއަށް ގިނަ ކަންތައްތަކެއް ފަހިވެފައިވާ ކަމަށެވެ.

މި ދަތުރުފުޅުގެ ޚަރަދުތަކުގެ ތެރޭގައި ހިމެނޭ ބައިތަކާއި، ވަފުދުގެ މެންބަރުންގެ ކެއުމަށް ހޭދަވި ފައިސާގެ އަދަދުފަދަ އިތުރު މަޢުލޫމާތު ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ. މި ދަތުރުފުޅުން ރާއްޖެއަށް ލިބުނު ފައިދާތަކުގެ ތަފްސީލުވެސް އަދި ސާފުކޮށް ހާމަކޮށްފައެއް ނުވާކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ