ސައްހަ ނޫން 500 ރުފިޔާގެ ނޫޓެއް ގެންގުޅުނު މީހަކު ހައްޔަރު ކޮށްފި

ސައްހަ ނޫން 500 ރުފިޔާގެ ނޫޓެއް ގެންގުޅުނު މީހަކު ހައްޔަރު ކޮށްފި

Author
ހުސައިން
14 އޮކްޓޯބަރ 2024 05:01
0

ސައްހަ ނޫން 500 ރުފިޔާގެ ނޫޓެއް ގެންގުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރެވިއްޖެއެވެ.
ކޯޓު އަމުރެއްގެ ދަށުން 54 އަހަރުގެ މާފަންނު ރެއިލިލީގޭ އަބްދުﷲ ސަޢީދު ވަނީ ހައްޔަރުކުރެވިފައެވެ.

ހައްޔަރު ކުރުމުގެ އަމުރުގައި ބުނެފައިވަނީ ސަޢީދު މި ކުށް ކުރި ކަމަށް ބެލެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށެވެ. މި މީހާ ވަނީ ކެފޭއެއްގައި މި ވަގު ނޫޓު ބަދަލުކުރަން މަސައްކަތްކޮށްފައެވެ.
އޭނާ ބަންދަށް ގެންދިޔަ އަޑުއެހުމުގައި، މި ތުހުމަތުތައް އިންކާރުކުރިއެވެ. ސަޢީދު ކޯޓުގައި ބުނެފައިވަނީ އޭނާ ބަދަލުކުރަން އުޅުނު ނޫޓަކީ ވަގު ނޫޓެއްކަން އޭނާއަށް ނޭނގޭ ކަމަށާއި، އެހެން މީހަކު އެދިގެން އެ ނޯޓު ބަދަލުކުރަން ދިޔައީ ކަމަށެވެ.
ކޯޓުން ވަނީ މި މައްސަލާގައި ތުހުމަތުކުރެވޭ ފަރާތް 3 ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.
ދިވެހިރާއްޖޭގައި ސައްޙަ ނޫން ފައިސާ ދައުރުވުމުގެ މައްސަލަތައް އާންމުވަމުން އަންނަކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.