ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އަމާޒުކޮށް، ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސްތަކަށް މުހިއްމު ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައެވެ. މި ބަދަލުތަކުގެ ތެރޭގައި:
1. ޓީޖީއެސްޓީ އިތުރުކުރުން: 2025 ޖޫން މަހުން ފެށިގެން މިހާރުގެ 16% އިން 17% އަށް ބޮޑުކުރުން. މިއިން އަހަރަކު 200 މިލިއަން ޑޮލަރު އިތުރުވާނެކަމަށް ލަފާކުރެވޭ.
2. ގްރީން ޓެކްސް 50% އަށް އިތުރުކުރުން:
– ގެސްޓްހައުސްތަކުން: 3 ޑޮލަރުން 6 ޑޮލަރަށް
– ރިސޯޓުތަކުން: 6 ޑޮލަރުން 12 ޑޮލަރަށް
– 2 އަހަރުން ދަށުގެ ކުދިންނަށް މި ޓެކްސް ނުހިނގުން
– މި ބަދަލު 2025 ޖެނުއަރީ މަހުން ފެށިގެން ތަންފީޒުކުރުން
މީގެ އިތުރުން، އެއަރޕޯޓް ޑިވެލޮޕްމަންޓް ޗާޖު އަދި ސިއްހަތަށް ގެއްލުންހުރި ބާވަތްތަކުގެ ޑިއުޓީ ބޮޑުކުރުމާއެކު، ޖީއެސްޓީގެ ޓެކްސް ބޭސް ފުޅާކުރުމަށްވެސް ރޭވިފައިވެއެވެ. މި ބަދަލުތަކަކީ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ރާވާފައިވާ ފަސް ކަމުގެ ތެރެއިން ބައެކެވެ.
މި ހުށަހެޅުންތައް މާދަމާގެ މަޖިލިސް އެޖެންޑާގައި ހިމެނިފައިވާއިރު، ކުރިން ސަރުކާރުން ބުނެފައިވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުނުކުރާނެ ކަމުގައެވެ. އަދި ސަރުކާރުން ބުނެފައިވަނީ ޖީއެސްޓީގެ ޓެކްސް ބޭސް ފުޅާ ކުރުމުގެ މަސައްކަތް ކުރާނެކަމުގައެވެ. ނަމަވެސް މިހާރު މި ބަދަލުތައް ގެނައުމަށް ނިންމާފައިވަނީ އިޤްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ކަމަށް ބެލެވެއެވެ.