އިސްރާއީލުން ހުޅަނގު އައްސޭރިއަށް ދިން ހަމަލާއެއްގައި ހަމާސްގެ ކޮމާންޑަރަކު ޝަހީދުވެއްޖެ

އިސްރާއީލުން ހުޅަނގު އައްސޭރިއަށް ދިން ހަމަލާއެއްގައި ހަމާސްގެ ކޮމާންޑަރަކު ޝަހީދުވެއްޖެ

Author
ޙަސަން މުޙައްމަދު
05 އޮކްޓޯބަރ 2024 10:21
0

އިސްރާއީލުން ހުޅަނގު އައްސޭރިއަށް ދިން ހަމަލާއެއްގައި ހަމާސްގެ ކޮމާންޑަރަކު ޝަހީދުވެއްޖެއެވެ.

މިހަމަލާ ދީފައިވަނީ ފައިޓަރޖެޓްތައް ބޭނުން ކޮށްގެންނެވެ. މިއީ އިޒްރޭލުން 20 އަހަރަށްވުރެ ގިނަ ދުވަހުގެ ފަހުން ފުރަތަމަ ފަހަރަށް ހުޅަނގު އައްސޭރިއަށް ހަމަލާ ދިނުމަށް ފައިޓަރ ޖެޓް ބޭނުންކުރި ފަހަރެވެ. އެނގިފައިވާ ގޮތުގައި،މިޙަމަލާގައި 18 މީހުން މަރުވެފައިވެއެވެ.

ސިއްޙީ އިދާރާތަކަށް ގާތްގަނޑަކަށް 12 ގަޑިއިރު ވަންދެން މަރުވި މީހުންގެ ފުރިހަމަ އަދަދު ޔަގީންކުރުމަށް މަސައްކަތް ކުރަން ޖެހުނެވެ. ސަބަބަކީ ހަށިގަނޑުތައް ވަރަށް ބޮޑަށް ހަލާކުވެފައި ހުރުމާއި، މުޅި ޢިމާރާތެއް މި ޙަމަލާގައި ފުނޑުފުނޑުވެ ވެއްޓިފައިވާތީއެވެ.

މިހާރު އެނގިފައިވާ ގޮތުގައި، މި ހަމަލާގައި ޙަމާސްގެ ކޮމާންޑަރަކާއި އެހެން ހަނގުރާމަވެރިން މަރުވެފައިވެއެވެ. މި ހަމަލާގައި ހަމާސްގެ ކޮމާންޑަރުގެ 6 އަހަރުގެ ފިރިހެން ދަރިފުޅާއި، އަދި 8 އަހަރުގެ އަންހެން ދަރިފުޅާއި، އެ ކުދިންގެ މަންމައާއި ބޮޑުބޭބެ ވެސް މަރުވި މީހުންގެ ތެރޭގައި ހިމެނެއެވެ.

އިޒްރޭލްގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ 7 ހަނގުރާމަވެރިން އަމާޒުކުރެވުނު ނަމަވެސް 18 މީހުން މަރުވެފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.