ފޮރިން މިނިސްޓަރު ހަލީލް، ޗައިނާ ސަފީރާ ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު ހަލީލް، ޗައިނާ ސަފީރާ ބައްދަލު ކުރައްވައިފި

Author
އަހުމަދު
03 އޮކްޓޯބަރ 2024 07:09
0

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް، ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވާންގް ލިޒިންއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

ހަލީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗައިނާގެ ސަފީރާ ބައްދަލު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އެކަމާ އުފާ ކުރައްވާ ކަމަށެވެ. ހަލީލް ވަނީ ރާއްޖެ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރަން ސަފީރާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި ޗައިނާ ސަފީރު އޭނާ އަށް ހެޔޮ ދުއާ ކުރެއްވީތީ ޝުކުރު އަދާކުރެއްވިއެވެ.

ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ހަލީލު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ އިންޑިއާ ސަފީރު މުނޫ މަހާވަރުއާއެވެ. އެ ބައްދަލުވުމުގައި ވެސް ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމާއި އެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.