އިސްލާމީ މަރުކަޒުގައި މަސްފެންގަނޑެއް ހަދަނީ

އިސްލާމީ މަރުކަޒުގައި މަސްފެންގަނޑެއް ހަދަނީ

Author
އަހުމަދު
02 އޮކްޓޯބަރ 2024 06:43
0

އިސްލާމީ މަރުކަޒުގައި މަސްފެންގަނޑެއް ހަދާނެ ބަޔަކު ހޯދަން އިސްލާމިކް މިނިސްޓްރީން މިއަދު ބީލަމަށް ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތުގެ މުންނާނަރު ކައިރީގައި މަސްގަނޑެއް ހަދަން ބޭނުން ވަނީ މިސްކިތަށް 40 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ގުޅުވައިގެން ކަމަށެވެ. އެހެންވެ މި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

ބީލަމުގައި ބައިވެރިވާން މި މަހުގެ 6 ވަނަ ދުވަހުގެ ރޭގަނޑު 10:00 ގެ ކުރިން forms.office.com/r/7b3yb6Kfk4 މެދުވެރިކޮށް ރަަޖިސްޓްރީވާން ޖެހެއެވެ.

މަސްފެންގަނޑު ހެދުމާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ސެޝަނެއް މި މަހުގެ 7 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.