އުސްފަސްގަޑު ސަރަހައްދު މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

އުސްފަސްގަޑު ސަރަހައްދު މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ

Author
ޙަސަން މުޙައްމަދު
30 ސެޕްޓެމްބަރ 2024 06:17
0

ކަނޑުމަތީގައި އޮޔާދަމުން އައި މަރުވެފައިވާ މީހެއްގެ ހަށިގަނޑެއް ފެނިފައިވާކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

މިކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހަވީރު 17:06 ގައި ކަމަށާއި، އެ ހަށިގަނޑު ފެނުނީ އުސްފަސްގަނޑާ ދިމާލު ބޭރު ކަނޑުމަތިން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ މަރުވެފައި އޮތް މީހާގެ ހަށިގަނޑު ނަގައި އައިޖީއެމްއެޗަށް ގެންގޮސްފައެވެ. ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައިކަން ހޮސްޕިޓަލުން ކަށަވަރުކޮށްދީފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.

އަދި މިހާތަނަށް ކުރެވުނު ތަޙްޤީޤުތަކުން އެނގިފައިވަނީ އެއީ ދިވެހި ފިރިހެނެއްކަން އެކަނި ކަމަށާއި، އިތުރު އެއްވެސް މަޢުލޫމާތެއް ހާމަކުރެވެން ނެތްކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.