އިޒްރޭލުން މިހާރު ކުރަމުންދާ ހަނގުރާމައިގެ އަސްލު އަމާޒަކީ މުޅި އިސްލާމި އުންމަތް: މައުމޫނު

އިޒްރޭލުން މިހާރު ކުރަމުންދާ ހަނގުރާމައިގެ އަސްލު އަމާޒަކީ މުޅި އިސްލާމި އުންމަތް: މައުމޫނު

ގުޅުންހުރި

އިޒްރޭލުން މިހާރު ކުރަމުންދާ ހަނގުރާމައިގެ އަސްލު އަމާޒަކީ ހަމައެކަނި ވަކި ޖަމާޢަތެއް ނޫން ކަމަށާއި އެ ހަނގުރާމައަކީ މުޅި މުސްލިމް އުންމަތްކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ އިޒްރޭލުން މި ހަނގުރާމަ ކުރަނީ ހަމައެކަނި ޙިޒްބުﷲއާ ދެކޮޅަކަށް ނޫން ކަމަށާއި، އޭގެ ބަދަލުގައި އެ ޤައުމުން މި ހަނގުރާމަ ކުރަނީ ހުރިހާ ޢަރަބިންނާއި މުސްލިމުންނާ ދެކޮޅަށް ކަމަށެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ޢުދުވާނީ ޢަމަލުތަކާއި، ލުބްނާނަށް ދެމުންދާ ހަމަލާތަކަކީ މި ކަމުގެ ހެއްކެއް ކަމަށް ރައީސް މައުމޫން ވިދާޅުވެފައިވެއެވެ. އަދި ހުޅަނގުގެ ޤައުމުތަކުން މި ޙަޤީޤަތް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. "ހުޅަނގުގެ ޤައުމުތަކުން މިކަން އޮޅުވާލިޔަ ނުދެއްވާ،" މިފަދައިން ރައީސް މައުމޫނު ވިދާޅުވެފައިވެއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ލުބުނާނަށް ދިން އަސްކަރީ ވަރުގަދަ ހަމަލާތަކުގައި ހުޒްބުﷲ ޖަމާއަތުގެ ލީޑަރު ހަސަން ނަސްރުﷲ ޝަހީދު ކޮށްލާފައިވާކަމަށް މިއަދު އިސްރާއީލުން ވަނީ ބުނެފައެވެ.

އިސްރާއީލުގެ ސިފައިންގެ ބުނާ ގޮތުގައި، ހުކުރު ދުވަހުގެ ހަވީރު ބެއިރޫތުގެ މީހުން ގިނަ ސަރަހައްދެއްގައި ހިންގި ބޮޑު ވައިގެ ހަމަލާއެއްގައި ހިޒްބުﷲގެ އިސްވެރިޔާ ހަސަން ނަސްރުﷲ ވަނީ ޝަހީދު ކޮށްލާފައެވެ. މިކަމާ ގުޅޭގޮތުން ލެބަނަންގެ އެ ޖަމާޢަތުން އެއްވެސް އެއްޗެއް އަދި ބުނެފައެއް ނުވެއެވެ.

ހަސަން ނަސްރުﷲއަކީ ދިގު ޒަމާންތަކެއް ވަންދެން ހިޒްބުﷲ ޖަމާއަތުގެ ލީޑަރުގެ މަގާމް ފުރުއްވަމުން ގެންދަވާ ފަރާތެވެ. އެ ޖަމާއަތް އުފެދިގެން އައީ 1980 ގެ އަހަރުތަކުގެ ތެރޭގައި އިސްރާއީލުން ލުބުނާނުގެ ބިންތަކަށް އަރާ އެބިންތައް އިސްތިއުމާރު ކުރުމާއެކުއެވެ. އެއަށްފަހު، މައިގަޑު ގޮތެއްގަައި ޝީއީންނަށް ނިސްބަތްވާ ހިޒްބުﷲ ޖަމާއަތަކީ އިރާނުން އަސްކަރި އަދި މާލީ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމާއަތެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ