ޕީއެންސީގެ ދާއިރާތަކުގެ އިންތިހާބު އަންނަ ނޮވެމްބަރު މަހަށް ފަސްކޮށްފިއެވެ.
މީގެކުރިން، އެ ޕާޓީގެ ދާއިރާތަކުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ އަންނަ މަހުގެ 19 ގައެވެ. ނަމަވެސް އެ ޕާޓީން މިރޭ ކުރި އިއުލާނެއްގައި ބުނީ 9 ނޮވެމްބަރަށް އިންތިހާބު ފަސްކޮށްފައިވާ ކަމަށެވެ.
ޕީއެންސީން ތައްޔާރުވަމުން ދަނީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެތެރޭގެ އިންތިހާބު ބޭއްވުމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 2،095 މެންބަރުން މި އިންތިހާބުގައި ޕާޓީގެ އެކިއެކި މަގާމުތަކަށް އައްޔަން ކުރާނެއެވެ.
ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި
- ދާއިރާގެ ރައީސުން
- ދާއިރާގެ ނައިބު ރައީސުން
- ޒުވާނުންގެ ހަރަކާތުގެ ރައީސުން
- އަންހެނުންގެ ހަރަކާތުގެ ރައީސުން
- ސްޓިއަރިންގް ކޮމިޓީތަކުގެ މެންބަރުން
އިންތިހާބަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚުވެސް މިހާރު އެ ޕާޓީން ވަނީ ބަދަލުކޮށްފައެވެ. އެ ޕާޓީން ބުނީ އޮކްޓޯބަރު މަހުގެ 24 30 ވަނަ ދުވަހުގެ ހަވީރު 18:00 އާ ހަމައަށް ކުރިމަތިލެވޭނެ ކަމަށެވެ. މި މުއްދަތުގައި ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ހުރި ކޮންމެ މީހަކަށްވެސް މަގާމުތަކަށް ކުރިމަތިލެވޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.
މި އިންތިހާބުގައި ވޯޓުލެވޭނީވެސް އެ ދުވަހުގެ ނިޔަލަށް ޕާޓީ ދަފްތަރުގައި ތިބި މެންބަރުންނަށެވެ.