ސަފީރު ޤީލާ, ބެލްޖިއަމްގައި ހުންނަވާ ނޭޕާލް ސަފީރު އާ ބައްދަލުކުރައްވައިފި

ސަފީރު ޤީލާ, ބެލްޖިއަމްގައި ހުންނަވާ ނޭޕާލް ސަފީރު އާ ބައްދަލުކުރައްވައިފި

Author
ޙަސަން މުޙައްމަދު
25 ސެޕްޓެމްބަރ 2024 08:25
0

ދިވެހިރާއްޖެއިން ބެލްޖިއަމް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލާ ޤީލާ ޢަލީ، ނޭޕާލް އިން ބެލްޖިއަމް އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގަހެންދުރަ ރަޖްބަންޑާއި އާ ބައްދަލުކުރައްވައިފިއެވެ.

ބެލްޖިއަމްގައި ހުންނަ ނޭޕާލް އެމްބަސީގައި ބޭއްވި މި ބައްދަލުކުރެއްވުމަކީ، ސަފީރު ޤީލާ، ސަފީރު ކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ތަޢާރަފްވެ ވަޑައިގެންނެވުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމުގެ ތެރެއިން ޞިއްޙީ، ވިޔަފާރި އަދި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ސަފީރުން މަޝްވަރާކުރެއްވިއެވެ.

އަދި ބެލްޖިއަމްއަށް ކަނޑައަޅާފައި ހުންނަވާ ދެކުނު އޭޝިއާގެ ސަފީރުންގެ މެދުގައި ކުރެވޭނެ އިތުރު ކަންތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.