މި ސަރުކާރު ވެރިކަމަށް އައިފަހުން ހަތަރު ހާހަށްވުރެ ގިނަ ބިދޭސީން ޑީޕޯޓު ކޮށްފި

މި ސަރުކާރު ވެރިކަމަށް އައިފަހުން ހަތަރު ހާހަށްވުރެ ގިނަ ބިދޭސީން ޑީޕޯޓު ކޮށްފި

ގުޅުންހުރި

އިމިގްރޭޝަނުން ހާމަކޮށްފައިވާ މަޢުލޫމާތުގެ މައްޗަށް ބަލާއިރު، 2023 ވަނަ އަހަރުގެ ނޮވެންބަރު 23 އިން ފެށިގެން 2024 ވަނަ އަހަރުގެ ސެޕްޓެންބަރު 17 އާ ހަމައަށް، ގަވާއިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތްކުރަމުންދިޔަ 4،054 ބިދޭސީން ވަނީ ޑީޕޯޓު ކޮށްފިއެވެ. މި ބިދޭސީން ޑީޕޯޓު ކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން އަތުލައިގަތުމަށް އިމިގްރޭޝަނުން ހިންގަމުންދާ ޚާއްޞަ އޮޕަރޭޝަންތަކުގެ ދަށުންނެވެ.

އިމިގްރޭޝަނުން އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަންތަކަކީ އިމިގްރޭޝަންގެ ޤާނޫނު ތަންފީޛުކުރާކަން ކަށަވަރުކުރުމަށްޓަކައި މެދުނުކެނޑި ކުރިއަށްގެންދާ މަސައްކަތެކެވެ. މި ޚާއްޞަ އޮޕަރޭޝަނަށް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު ތާއީދެއް ލިބެމުންދާކަމަށް އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަށް ޤާނޫނާއި ގަވާއިދުތަކަށް ތަބާވުމަށް އިލްތިމާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ