ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި ޕާކިސްތާނު މީހާގެ ތަހުގީގު ނިންމާ ދައުވާކުރަން ފޮނުވައިފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި ޕާކިސްތާނު މީހާގެ ތަހުގީގު ނިންމާ ދައުވާކުރަން ފޮނުވައިފި

Author
ޙަސަން މުޙައްމަދު
22 ސެޕްޓެމްބަރ 2024 10:08
0

ޑްރަގްސް އެތެރެކުރުމުގެ ބޮޑު މައްސަލައެއްގައި ތުހުމަތުކުރެވޭ ޕާކިސްތާނު މީހެއްގެ މައްސަލައިގެ ތަޙްޤީޤު ނިންމާ، ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވިފައެވެ.

މި މައްސަލައިގައި ތުހުމަތުކުރެވެނީ 49 އަހަރުގެ މޮލްވީ މުޙައްމަދު ހާރޫން ނަމަކަށް ކިޔާ ޕާކިސްތާނު މީހެއްގެ މައްޗަށެވެ. އޭނާ ރާއްޖެ އައިއިރު ދެ ކިލޯއަށް ވުރެ ގިނަ ހެރޮއިން ކަމަށް ބެލެވޭ މަސްތުވާތަކެތި އަތުލެވުނު ކަމަށް ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލަ މިހާރު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅިފައެވެ. އަދި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އޭނާގެ މައްޗަށް ދަޢުވާ އުފުލޭނެ ކަމަށް ވެސް ލަފާކުރެވެއެވެ. އަދި ދަޢުވާ އުފުލައިފި ނަމަ، ޝަރީޢަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ފުލުހުން ވަނީ އެދިފައެވެ. މި ވަގުތު އޭނާ ވަނީ 20 ދުވަހުގެ މުއްދަތަށް ރިމާންޑް ޖަލަށް ފޮނުވިފައެވެ. މި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލާއިރު، ދައުލަތުން މި މައްސަލައަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.