އައްޑޫ ސިޓީއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

އައްޑޫ ސިޓީއިން ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ

Author
ހުސައިން
21 ސެޕްޓެމްބަރ 2024 06:01
0

ސ. މަރަދޫއިން ރޭގެ ވަގުތެއްގައި ގެއްލިގެން ހޯދަމުންދިޔަ މީހާ މިއަދު ހަވީރު ފެނިއްޖެއެވެ.

އައްޑޫ ސިޓީ މަރަދޫ އަޙްމަދު ހާރޫން ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުންނަށް ރިޕޯޓުކުރެވުނީ މިއަދުގެ މެންދުރު ވަގުތެއްގައެވެ.

ފުލުހުންގެ މަޢުލޫމާތުގައިވާ ގޮތުން، އިއްޔެ ރޭ 19:00 ގައި ގެއިން ނުކުމެގެން ދިޔަ ސ. މަރަދޫ ފިރިހެނަކު ގެއަށް ނައިސް ގެއްލިގެން އުޅޭ މައްސަލަ މިއަދު މެންދުރު 13:30 ހާއިރު ފުލުހުންނަށް ރިޕޯޓުކުރެވުނެވެ.

ފުލުހުން ހާމަކުރި ގޮތުގައި ހާރޫން ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ގޯތިތެރޭގައި ވަކިން ހުންނަ ކޮޓަރިއެއްގެ ތެރެއިން މިއަދުގެ 17:05 ހާއިރުއެވެ.

މިވަގުތު ހާރޫނުގެ ޞިއްޙީ ހާލަތު ބެލުމަށްޓަކައި މަރަދޫ ހެލްތު ސެންޓަރަށް ގެންދެވިފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.