ހުޅުމާލޭގައި ރޯޑް ސޭފްޓީ އެވެއާނަސް ރޯޑް ޝޯވއެއް ބާއްވައިފި

ހުޅުމާލޭގައި ރޯޑް ސޭފްޓީ އެވެއާނަސް ރޯޑް ޝޯވއެއް ބާއްވައިފި

Author
ހުސައިން
21 ސެޕްޓެމްބަރ 2024 02:41
0

ހުޅުމާލޭގައި ރޯޑް ސޭފްޓީ އެވެއާނަސް ރޯޑް ޝޯވއެއް ހުޅުމާލެ ފުލުހުން ބާއްވައިފިއެވެ. މިއީ ހުޅުމާލޭގެ

މަގުތަކަކީ އަމާން ރައްކާތެރި މަގުތަކަކަަށް ހެދުމާއި އާންމު ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ފުލުހުން ކުރަމުންއަންނަ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ކުރިއަަށް ގެންދިޔަ ދެވަނަ ރޯޑް ޝޯވއެވެ.

ހުކުރު ދުވަހުގެ ހަވީރު މި ރޯޑް ޝޯވ ކުރިއަށް ގެންގޮސްފައި ވަނީ ހުޅުމާލޭގައި އާންމުން ގިނައިން އެއްވެ އުޅޭ ސަރަހައްދުތަކާއި  މަގުތަކާއި މީހުން ގިނައިން ދިރިއުޅޭ ފުލެޓުތައް ހިމެނޭ ސަރަހައްދުތަކުގައެވެ. މި ރޯޑް ޝޯވގައި ލައުޑް ސްޕީކަރު ބޭނުންކޮށްގެން، މަގުމަތީގެ އާންމު މިންގަނޑުތަކާއި ގާނޫނާއި ގަވާއިދުތަކަށް ހޭލުންތެރިކުރުމުގެ މެސެޖުތައް އިއްވާފައިވެއެވެ.

އަދި އާންމުންނާ ވާހަކަދައްކައި ރައްކާތެރިކަމާއެކު އުޅަނދު ދުއްވުމަށާއި ހިނގާބިނގާވެ އުޅުމުގައި ވެސް ރައްކާތެރިވެ އުޅުމަށް ބާރުއަޅާފައިވެއެވެ.

އޭގެ އިތުރުން، ބައެއް ސަރަހައްދުތަކުގައި މަޑުކޮށްގެން ތިބެ ކުޑަކުދިންނަށް ހަދިޔާ ބެހުމާއި "ދުވެކި މަޑުކުރޭ! ފުރާނަ ސަލާމަތް ކުރޭ!" ފްރޭމާއެކު ފޮޓޯ ނެގުން ކުރިއަށް ގެންގޮސްފައިވެއެވެ.

އެކި ކަންކަމަށް އާންމުން ހޭލުންތެރިކުރުމުގެ ސިލްސިލާ ހަރަކާތްތައް ހުޅުމާލެ ފުލުހުން ދަނީ ހިންގަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.