100 އިމާމުން ރާއްޖޭން ބޭރުން ކޮންމެ އަހަރަކު ތަމްރީނުކުރަނީ

100 އިމާމުން ރާއްޖޭން ބޭރުން ކޮންމެ އަހަރަކު ތަމްރީނުކުރަނީ

ގުޅުންހުރި

100 އިމާމުން ރާއްޖޭން ބޭރުން ކޮންމެ އަހަރަކު ތަމްރީނުކުރަން މަސައްކަތް ކުރަމުންދާ ކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވިދާޅުވެއްޖެއެވެ.

މިއަދު ފެށުނު އިމާމުންގެ މަހާސިންތާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮންމެ އަހަރަކު 100 އިމާމުން ރާއްޖެއިން ބޭރަށް ތަމްރީނަށް ފޮނުވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ. އެމަނިކުފާނުގެ އަމާޒަކީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ޖުމުލަ 500 އިމާމުންނާއި 1000 ހަތީބުން ތަމްރީނުކޮށް ނެރުން ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން، އިމާމުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އިސްލާމިކް މިނިސްޓްރީން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް މިނިސްޓަރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެގޮތުން، އިމާމުންގެ އައު އޮނިގަނޑު އެކުލަވާލުމުގައި މި މަހާސިންތާގައި ކުރެވޭ މަޝްވަރާތަކާއި ނިންމޭ ނިންމުންތަކަށް ރިޢާޔަތްކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަހާސިންތާއަކީ ރާއްޖޭގައި ބޭއްވޭ އިމާމުންގެ ފުރަތަމަ މަހާސިންތާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ. 500 އަށްވުރެ ގިނަ އިމާމުން ބައިވެރިވި މި މަހާސިންތާގައި އިމާމުންނާ ގުޅުންހުރި ގިނަ ކަންކަމާ މެދު މަޝްވަރާކުރެވޭނެއެވެ.

އަދި މި މަހާސިންތާއަކީ އިމާމުންގެ ދާއިރާ ކުރިއެރުވުމަށާއި އެ ބޭފުޅުންނަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމުގައި މިނިސްޓްރީން ފާހަގަ ކޮށްފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ