ތިނަދޫގެ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އައު ބްލަޑް ބޭންކެއް ހުޅުވައިފި

ތިނަދޫގެ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އައު ބްލަޑް ބޭންކެއް ހުޅުވައިފި

Author
ހުސައިން
21 ސެޕްޓެމްބަރ 2024 07:40
0

ގދ. ތިނަދޫގެ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އައު ބްލަޑް ބޭންކެއް ހުޅުވައިދީފިއެވެ.

މި ބްލަޑް ބޭންކް ރަސްމީކޮށް ހުޅުވައިދެއްވީ އެ ހޮސްޕިޓަލަށް 55 އަހަރު ފުރުމާ ގުޅިގެން ބޭއްވުނު ޚާއްޞަ ހަފްލާގައި ސިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ޚަލީލް ވިދާޅުވީ ތިނަދޫ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތް މިއަހަރު ނުވަތަ އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށެވެ. އަދި މިއީ ތިނަދޫ ސިޓީގެ ރައްޔިތުންގެ އެދުމެއްކަމަށާއި، މި މަޝްރޫޢުގެ ސަބަބުން މުޅި ހުވަދު އަތޮޅުގެ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ޑރ. ޚަލީލް ވިދާޅުވީ މި ހޮސްޕިޓަލުގައި ވެލްނެސް ސެންޓަރަކާއި އާބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރެއް ޤާއިމުކުރުމަށް ރޭވިފައިވާ ކަމަށެވެ. ޓަރޝަރީ ހޮސްޕިޓަލުގެ މަޝްރޫޢުގެ މަސައްކަތް މިހާރު ހުރި ހޮސްޕިޓަލް ބިމުގައި ކުރިއަށްދާނެ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. މި މަޝްރޫޢުގެ މަސައްކަތް ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިންގ ކޮމްޕެނީއާ ހަވާލުކުރެވިފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހުއެވެ.

މި ޚާއްޞަ ހަފްލާގައި، ހޮސްޕިޓަލުގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި ސިއްޙަތާބެހޭ ވަޒީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުالله ހިލްމީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.