ރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 30 ބިދޭސީން އިއްޔެގެ ވަގުތެއްގައި ޑީޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްއިން ބުނެފިއެވެ. މި މަޢުލޫމާތު އިމިގްރޭޝަނުން ހާމަކޮށްފައިވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރި ޕޯސްޓެއްގައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހޯދައި، އަތުލައިގަތުމަށް އިމިގްރޭޝަނުން ޚާއްޞަ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދެއެވެ. މިއީ އިމިގްރޭޝަންގެ ގާނޫނު ތަންފީޒުކުރާކަން ކަށަވަރުކުރުމަށް މެދުނުކެނޑި ކުރަމުންދާ މަސައްކަތެކެވެ. މި އޮޕަރޭޝަންތަކަށް ރައްޔިތުންގެ ފަރާތުން ބޮޑު ތާއީދެއް ލިބެމުންދާކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ވަނީ ރާއްޖޭގައި ދިރިއުޅޭ ހުރިހާ ބިދޭސީ މަސައްކަތްތެރިންނަށް ގާނޫނާއި ގަވާއިދުތަކަށް ތަބާވުމަށް އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، ގަވާއިދާ ޚިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ބޮޑު ރެއިޑް އޮޕަރޭޝަނެއް ފަށާފައިވެއެވެ. މި އޮޕަރޭޝަންގެ ދަށުން ގިނަ އަދަދެއްގެ ބިދޭސީންނާމެދު ފިޔަވަޅު އަޅާފައިވާކަން ފާހަގަކުރެވެއެވެ.
މާލެ ސަރަހައްދުގައި ހިންގާ ޚާއްޞަ އޮޕަރޭޝަންތަކުގެ ދަށުން މިހާތަނަށް 3,000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާކަމަށް އިމިގްރޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ