މޫނު ނިވާކޮށްގެން ތިބި ބަޔަކު އައްޑޫ ސިޓީގެ ގެއަކަށް ވަދެ، މީހަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފި

މޫނު ނިވާކޮށްގެން ތިބި ބަޔަކު އައްޑޫ ސިޓީގެ ގެއަކަށް ވަދެ، މީހަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފި

Author
ހުސައިން
21 ސެޕްޓެމްބަރ 2024 01:55
0

މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ އައްޑޫ ސިޓީ ހިތަދޫގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ކޮށްފިއެވެ.

މިކަން ހިނގާފައިވަނީ މިއަދު ހެނދުނު ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައި ވެއެވެ. މި ހާދިސާގައި އަނިޔާ ލިބުނު ދިވެހި ފިރިހެނާއަށް އެކި ވަރުގެ ހާނިއްކަ ވެފައިވާތީ، އޭނާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދީފައި ވެއެވެ. ނަމަވެސް ފަހުން އޭނާ ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ފެންނަ ގޮތުގައި، އަނިޔާ ލިބުނު ފިރިހެނާގެ ބޮލުގެ އެކި ހިސާބުތަކުންނާއި ހަށިގަނޑުގެ އެހެނިހެން ތަންތަނަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

އަދި އޭނާގެ ގައިން އައި ލޭ، އޭނާ ވެއްޓިފައި އޮތް ތަނުގެ ފާރުގައި ވެސް އުނގުޅިފައި ހުރި މަންޒަރު ފެންނަން ހުއްޓެވެ. ފުލުހުންގެ ފަރާތުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި މައްސަލައިގެ ތަޙްޤީޤު މިހާރު ދަނީ ކުރިއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.