އިންޓަޕޯލްގެ ރެޑް ނޯޓިސް މެދުވެރިކޮށް ހޯދަމުންދިޔަ ތިން މީހަކު ރާއްޖެ އައުމުން ހައްޔަރު ކޮށްފި

އިންޓަޕޯލްގެ ރެޑް ނޯޓިސް މެދުވެރިކޮށް ހޯދަމުންދިޔަ ތިން މީހަކު ރާއްޖެ އައުމުން ހައްޔަރު ކޮށްފި

މިދިޔަ ސެޕްޓެންބަރުމަހު 4ވަނަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި މާރާމާރީއެއްގެ މައްސަލައިގައި އިންޓަޕޯލްގެ ރެޑް ނޯޓިސް މެދުވެރިކޮށް ހޯދަމުންދިޔަ ތިން މީހަކު ރާއްޖެ އައުމާ ގުޅިގެން ހައްޔަރުކުރެވިއްޖެއެވެ.

މި ތިން ފަރާތަކީ މާލޭ މ. މަސްކޮތަންގެ މުހައްމަދު ސިބްތް އަބްދުﷲ (19އ)، މާލޭ ހ. ދޮންތުނޑި މުހައްމަދު އަހްސަމް (26އ) އަދި ލ. ގަން މުކުރިމަގު އަސްވާނު މުހައްމަދު (28އ) އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، ތައިލެންޑުން ރާއްޖެއަށް އައުމާ އެކުގައެވެ. މީގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ 18 ސެޕްޓެންބަރުގައި އަދި އަނެއް ދެމީހުން ހައްޔަރުކޮށްފައިވަނީ 19 ސެޕްޓެންބަރުގައެވެ.

ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އަސްވާން މުހައްމަދު ބަންދުން ދޫކޮށްލުމަށް އަމުރުކުރިއެވެ. އެހެންނަމަވެސް މުހައްމަދު ސިބްތު އަބްދުﷲ އާއި މުހައްމަދު އަހްސަމް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ނިންމިއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *