ބީއެމްއެލްގެ ބޯޑު މެމްބަރަކު އިސްތިއުފާ ދެއްވައިފި

ބީއެމްއެލްގެ ބޯޑު މެމްބަރަކު އިސްތިއުފާ ދެއްވައިފި

Author
ހުސައިން
20 ސެޕްޓެމްބަރ 2024 08:51
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޯޑު މެންބަރެއް ކަމުގައިވާ އައިޝަތު ސަޖުނީ އިސްތިއުފާ ދެއްވައިފިއެވެ.

ސަޖުނީއަކީ ބޯޑުގައި ސަރުކާރު ތަމްސީލުކުރައްވާ މެންބަރެއްގެ އިތުރުން، މެކްރޯއިކޮނޮމިކްސްއާއި ފައިނޭންސްގެ ދާއިރާއިން 10 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާގެ މަސައްކަތުގެ ތަޖުރިބާގެ ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އެކި މަޤާމުތަކާއި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)ގެ އިކޮނޮމިސްޓެއްގެ ގޮތުގައި މަސައްކަތްކުރެއްވުން ހިމެނެއެވެ.

މި އަހަރުގެ ކުރީކޮޅު ސަޖުނީ ބޯޑުން ވަކިކުރުމަށްފަހު ދެ ދުވަސް ތެރޭގައި އަލުން އައްޔަންކުރެވުނެވެ. މީގެ އިތުރުން، ފާއިތުވި މަހު ބޭންކުގެ ސީއީއޯ ކާލް ސްޓުމްކަ އަދި ބޯޑު މެންބަރު ޢާއިޝަތު ނޫރައްދީންވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

މި ހުރިހާ ކަމެއް ހިނގަމުންދަނީ ބީއެމްއެލުން ރުފިޔާ ކާޑުތަކަށް ދެމުން އައި ޑޮލަރު ލިމިޓު އުވާލުމާ ގުޅިގެން ސަރުކާރާއި ބޭންކާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ތެރެއިންނެވެ. މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ބީއެމްއެލުން ބަޣާވާތެއް ކުރަން އުޅުނު ކަމަށް ތުހުމަތުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.