މެރިޓައިމް ޚިދުމަތްތައް ދިނުމަށް އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ ގޭޓް އިފްތިތާޙްކޮށްފި

މެރިޓައިމް ޚިދުމަތްތައް ދިނުމަށް އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ ގޭޓް އިފްތިތާޙްކޮށްފި

Author
ހުސައިން
19 ސެޕްޓެމްބަރ 2024 11:09
0

ރާއްޖޭގެ އުތުރަށް ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ މެރިޓައިމް ޚިދުމަތްތައް ދިނުމަށް އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓް ފެސިލިޓީ ސެކިއުރިޓީ (އައިއެސްޕީއެސް) ގޭޓް އިފްތިތާޙްކޮށްފިއެވެ.

މި ގޭޓް އިފްތިތާޙުކޮށްދެއްވީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ޖަސްޓިސް ރިޓަޔަރޑް އަލްއުސްތާޛު އިދުރީސް އާދަމެވެ.

އުތުރުގައި އޮފްޝޯ ބަންކަރިން ޚިދުމަތް އެމްޕީއެލްއާއި އެސްޓީއޯ ގުޅިގެން ފޯރުކޮށްދޭއިރު، ބޯޓުތަކަށް ބޭނުންވާ އެހެނިހެން ހުރިހާ ޚިދުމަތެއް އެމްޕީއެލްއިން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޚިދުމަތްތައް ދިނުމަށްޓަކައި އެމްޕީއެލްއިން ވަނީ އެކަމަށް ޚާއްޞަ ވެބްސައިޓެއްވެސް ތަޢާރަފުކޮށްފައެވެ. މެރިޓައިމްގެ ޚިދުމަތްތައް ދޭނީ އުލިގަމުގައި ޤާއިމުކޮށްފައިވާ ޕޯޓް ފެސިލިޓީ މެދުވެރިކޮށެވެ.

މެރިޓައިމް ޚިދުމަތުގެ އިތުރުން، އެމްޕީއެލްއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ޕައިލޮޓޭޖް ޚިދުމަތް، ބޯޓު ކްރޫ ބަދަލުކުރުމުގެ ޚިდުމަތް، މެއިންޓެނަންސް ޚިދުމަތް އަދި އަޑިތެޔޮ ފޯރުކޮށްދިނުން ފަދަ އެތައް ޚިދުމަތެއް ހިމެނެއެވެ. މި ޚިދުމަތްތަކުގެ ސަބަބުން، ރާއްޖޭގެ އުތުރުން ދަތުރުކުރާ ބޯޓުފަހަރަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް އެއް ތަނަކުން ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.