ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި

ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި

Author
ހުސައިން
18 ސެޕްޓެމްބަރ 2024 12:22
0

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 38 ވަނަ ބުރު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ދ. ވާނީ ކެމްޕަހުގައި ފަށައިފިއެވެ.

ކޯސް ފެށުމަށް މި ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހު އެ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއް ރަހްމާންއެވެ. މި ރަސްމިއްޔާތުގައި، ކޮލެޖުގެ އިސް ވެރިންނާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުންނާއި ޓްރެއިނިންގ ކޯހުގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.

38 ވަނަ އަސާސީ ތަމްރީނު ކޯހުގައި 140 ފުލުހުން ބައިވެރިވެއެވެ. މި ކޯހުގައި ފިޒިކަލް ޓްރެއިނިންގ، އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އަދި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާ ގުޅުންހުރި ބައިތައް ކިޔަވައިދޭނެއެވެ.

މި ކޯހަކީ ފުލުހުންގެ ވަޒީފާއަށް ބޭނުންވާ ތަމްރީނާއި ތަރުބިއްޔަތު އުނގަންނައިދީ ފުލުހުންގެ މަސައްކަތަށް ބޭނުންވާ އިލްމީ ގާބިލުކަމާއި ހުނަރާއި ތަޖުރިބާ ލިބިދިނުމަށް ކުރިއަށް ގެންދާ ކޯހެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.