މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މީޑިއާ ކައުންސިލްގެ މެމްބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ގުޅުންހުރި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މީޑިއާ ކައުންސިލްގެ މި ދައުރުގެ 10 މެމްބަރުންގެ މުއްދަތު ޑިސެންބަރު 14 ގެ ނިޔަލަށް ހަމަވާނެއެވެ. އެއީ މީޑިއާ ތަމްސީލުކުރާ ހަތް މެމްބަރުންނާއި އާންމުންގެ ފަރާތުން މީޑިއާ ކައުންސިލަށް އިންތިހާބުވާ ތިން މެމްބަރުންނެވެ.

ކައުންސިލްގެ މެމްބަރުންގެ މުއްދަތަކީ މީލާދީ ދެ އަހަރެވެ. އެއްވެސް މެމްބަރަކަށް ކައުންސިލްގެ މެމްބަރު ކަމުގައި ޖެހިޖެހިގެން ދެ ދައުރު އަދާ ނުކުރެވޭނެއެވެ.

ކައުންސިލަށް ކުރިމަތިލާ މީހުންނަކީ ގާނޫނީ ދާއިރާ، ދިވެހި ބަހުގެ ދާއިރާ، އިންސާނީ ހައްގުތަކުގެ ދާއިރާ، ދީނީ އިލްމުގެ ދާއިރާ، އަދި އިޖްތިމާއީ ސައިންސަސްގެ ދާއިރާގެ ތެރެއިން ކޮންމެވެސް އެއްދާއިރާއަކުން މަތީ ތައުލީމް ހާސިލް ކޮށްފައިވާ މީހަކަށް ވާން ޖެހޭނެއެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުން އެ މަގާމަށް ކުރިމަތިލެވޭނެ އެންމެ ފަހު މުއްދަތަކީ މިމަހުގެ 25 ވަނަ ދުވަހެވެ. އެދުވަހުގެ 14:00 އާހަމަޔަށް އެޕްލިކޭޝަން ފޯމް ހުށަހެޅޭނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ