މަޖިލިހުގެ 3 ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އޮކްޓޯބަރ 7 ވަނަ ދުވަހު

މަޖިލިހުގެ 3 ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އޮކްޓޯބަރ 7 ވަނަ ދުވަހު

Author
ހުސައިން
17 ސެޕްޓެމްބަރ 2024 11:48
0

ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ 3 ވަނަ ދައުރު އަންނަ އޮކްޓޫބަރު 7 ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ. މިކަން އިއުލާން ކުރެއްވީ މިއަދު ބޭއްވުނު ދައުރުން ބޭރުގެ ޚާއްސަ ޖަލްސާ ނިންމަވާލައްވަމުންނެވެ.

މި ޚާއްސަ ޖަލްސާތައް ބޭއްވުނީ މަޖިލީހުގެ 50 މެންބަރުން ސޮއިކުރައްވައި ހުށަހެޅުއްވުމާ ގުޅިގެން، މަޖިލީހުގެ ގަވާއިދުގެ ދަށުންނެވެ. މި ޖަލްސާތަކުގައި ދެ މުހިންމު މަސައްކަތެއް ކުރިއަށް ގެންދެވުނެވެ. އޭގެ ތެރޭގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު އައްޔަންކުރުމާއި، ކުންފުނީގެ ޤާނޫނަށް ސަރުކާރުން ހުށަހެޅި އިޞްލާޙުގެ ބިލުގެ މަސައްކަތް ހިމެނެއެވެ.

މި ޖަލްސާތަކުގައި ދެ މުހިންމު ނިންމުމެއް ނިންމާފައިވެއެވެ. އެގޮތުން، ހ. ޔެލޯރޯސް، އައްބާސް ޝަރީފް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފައިވެއެވެ. އަދި ކުންފުނިތަކުގެ ޚާއްސަ އާންމު ޖަލްސާ ބޭއްވުމަށް ދޭ މުއްދަތު ކުރުކުރުމަށް ކުންފުނީގެ ޤާނޫނަށް ހުށަހެޅުނު އިޞްލާޙުވެސް ވަނީ ފާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.