އިމިގްރޭޝަންގެ އޮފިޝަލުންތަކެއް ކަމަށް ހެދި، ބިދޭސީންގެ އަތުން ފައިސާއާއި ފޯނެއް ފޭރިގެންފި

އިމިގްރޭޝަންގެ އޮފިޝަލުންތަކެއް ކަމަށް ހެދި، ބިދޭސީންގެ އަތުން ފައިސާއާއި ފޯނެއް ފޭރިގެންފި

ގުޅުންހުރި

މާލޭގައި އިމިގްރޭޝަން އޮފިސަރުންގެ ގޮތުގައި މަކަރު ހަދައިގެން ބިދޭސީންގެ އަތުން ފޭރިގަތުމުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި، ބިދޭސީން ދިރިއުޅެމުންދިޔަ ގެއަކަށް ވަދެގެންނެވެ. މި މީހުން ވަނީ އިމިގްރޭޝަން އޮފިސަރުންކަމަށް ބުނެ، ގެ ބަލައި ފާސްކޮށް، ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ފޭރިގަނެފައެވެ.

މި ހާދިސާއާ ގުޅިގެން، ދެ މީހެއްގެ ފޮޓޯ "އެކްސް" މެދުވެރިކޮށް ހިއްސާކުރެވި، އެއީ އިމިގްރޭޝަން އޮފިސަރުންތޯ ސުވާލު އުފެދުނެވެ. ނަމަވެސް، އިމިގްރޭޝަންގެ ކޮންޓްރޯލަރ މުޙައްމަދު ޝަމްއާން ވަޙީދު ވިދާޅުވީ އެ ފޮޓޯގައިވާ ދެ މީހުންނަކީ އިމިގްރޭޝަނާ ގުޅުމެއް ނެތް ބައެއްކަމަށާއި، އެ ދެ މީހުންގެ މައްސަލަ ފުލުހުން ބަލަމުންދާކަމަށެވެ.

ޝަމްއާން އިތުރަށް ވިދާޅުވީ އިމިގްރޭޝަންގެ ރަސްމީ ރެއިޑްތަކުގައި އޮފިސަރުންގެ އައިޑީ ކާޑު ފެންނަގޮތަށް ހުންނާނެކަމަށާއި، މިހާރު ކުރިއަށްދާ އޮޕަރޭޝަންތަކަކީ ޔުނީފޯމު ލައިގެން ކުރިއަށްގެންދާ އޮޕަރޭޝަންތަކެއްކަމަށެވެ.

މިފަދަ ހާދިސާތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ދާދިފަހުން، އިމިގްރޭޝަން އޮފިސަރުންކަމަށް ބުނެ، ޕާކިސްތާނު ނަންބަރަކުން ވަޓްސްއެޕް މެދުވެރިކޮށް ވީޑިއޯ ކޯލްކޮށް ފޭރުމުގެ އަމަލުތަކެއް ހިންގާފައިވެއެވެ. މި ކަންކަމާ ގުޅިގެން އިމިގްރޭޝަނުން ވަނީ މިފަދަ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ