ގެސްޓު ހައުސްއަކަށް މީހަކު ވައްދައި ފޭރުނު މައްސަލައެއްގައި ހިމެނޭ ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

ގެސްޓު ހައުސްއަކަށް މީހަކު ވައްދައި ފޭރުނު މައްސަލައެއްގައި ހިމެނޭ ދެ މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

2024 ޖުލައި 19 ވަނަ ދުވަހު މާލެ، ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި އެކައުންޓުގައި ހުރި ފައިސާ ޓްރާސްފަރކޮށް ފޭރުނުކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

މައްސަލައިގެ ތަހުގީގު ނިންމައި، ގ. އޯލްޕެރިސް، އަޙްމަދު މިހާދު (44އ) އަދި ގ. ރަނައުރާގެއާގެ، ރިމާނާ މޫސާ (39އ) މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމައިދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *