ޑިމޮކްރަސީގައި ހޯދި ކުރިއެރުންތަކަށް އަލުން ފާރަވެރިވާންވީ ވަގުތު މިއޮތީ އައިސްފަ: ފައްޔާޒު

ޑިމޮކްރަސީގައި ހޯދި ކުރިއެރުންތަކަށް އަލުން ފާރަވެރިވާންވީ ވަގުތު މިއޮތީ އައިސްފަ: ފައްޔާޒު

ގުޅުންހުރި

ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓަން ރައްޔިތުން އިތުރު ބާރެއް ލާންޖެހޭ ކަމަށް ވިދާޅުވެއްޖެއެވެ. ރާއްޖޭގެ ޑިމޮކްރަސީ މިހާރު އޮތް ހާލަތަށްވުރެ ފަހަތަށް ސޮއްސާލުމުގެ ބިރު އޮތް ކަމަށް ފާހަގަކުރައްވައި، މިހާރުގެ ހާލަތަށް އައުމަށް ކުރި ދަތުރު ހަނދާންކޮށް، ރައްޔިތުން އިތުރަށް މަސައްކަތްކުރަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވިއެވެ.

ފައްޔާޒު އިސްމާއިލް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރެވެމުންދާ ޑިމޮކްރަސީގެ ދުވަހާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.

އެތައް އަހަރެއްގެ އުނދަގޫ ދަތުރަކަށްފަހު މިހިސާބަށް އާދެވުނު ނަމަވެސް، ޑިމޮކްރަސީ ފައްކާކުރުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލައިގެން ނުވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ރާއްޖޭގެ ޑިމޮކްރަސީ ކުރިން އޮތް ހާލަތަށް ދިއުމުގެ ބިރު އޮތްކަމަށާއި، މިނިވަންކަން ދަމަހައްޓަން އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެހެންނޫންނަމަ، ހުދުމުހުތާރު ވެރިންގެ ސަބަބުން މިނިވަންކަން ގެއްލިދާނެ ކަމުގެ އިންޒާރުވެސް ފައްޔާޒް ދެއްވިއެވެ.

އެހެންނަމަވެސް، ދިވެހިން ތިބީ މި ޑިމޮކްރަސީ ދެމެހެއްޓުމަށް ސާބިތުވެ ކަމަށް ފާހަގަކުރައްވައި، ރައްޔިތުން ހިތްވަރު ގެއްލުވާލަން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. މިގޮތަށް ވާހަކަފުޅު ދައްކަވަމުން، ޑިމޮކްރަސީގެ އަގު ވަޒަންކޮށް، އެ ނިޒާމު ހިމާޔަތްކުރުމަށް ރައްޔިތުން އެއްބައިވަންތަކަމާއެކު މަސައްކަތްކުރުމުގެ މުހިންމުކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ