ހިޔާ ޓަވަރުގައި ހިނގި ފޭރުމުގެ މައްސަލައާ ގުޅިގެން ދެ މީހެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި

ހިޔާ ޓަވަރުގައި ހިނގި ފޭރުމުގެ މައްސަލައާ ގުޅިގެން ދެ މީހެއްގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފި

Author
ހުސައިން
15 ސެޕްޓެމްބަރ 2024 04:05
0

ހުޅުމާލެ ހިޔާ ޓަވަރުގައި ހިނގި ފޭރުމުގެ މައްސަލައާ ގުޅިގެން ދެ މީހެއްގެ މައްޗަށް ދަޢުވާކުރުމަށް ނިންމައި، އެކަން ކުރިއަށް ގެންދިއުމަށް ފޮނުވައިފިއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ދެ ފަރާތަކީ 39 އަހަރުގެ ރިމާނާ މޫސާ (ގ. ރަނައުރާގޭއާގެ) އާއި 44 އަހަރުގެ އަޙްމަދު މިހާދު (ގ. އޯލްޕެރިސް) އެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މި މައްސަލަ ބަލައިގަނެ، ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ދަޢުވާ އުފުލާނެ ކަމަށް ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައާ ގުޅިގެން ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދެ ފަރާތުގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާކަން ފާހަގަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.