ޖިންސީ ނިޔަތެއްގައި ކުޑަކުއްޖެއްގެ ގައިގައި އަތްލި މީހަކު ކުރިމިނަލް ކޯތުން 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކޮށްފިއެވެ.
ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ، ހދ. ނޮޅިވަރަންފަރު، ޝެހެނާޒް، މުޙައްމަދު ޢަލީގެ މައްޗަށެވެ. އޭނާގެ މައްޗަށް މި ޙުކުމް ކޮށްފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލަކުން ޢަމަލު ކުރުމުގެ ޤާނޫނުގެ ދަށުންނެވެ.
މި މައްސަލައިގައި ކުޑަކުއްޖެއްގެ ކަރާމާތް ހިމެނޭތީ، ޙުކުމުގެ އިތުރު ތަފްޞީލުތައް ހާމަކޮށްފައެއް ނުވެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކުން ޢަމަލުކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން، ކުޑަކުއްޖަކާއެކު ޖިންސީ ޢަމަލެއް ހިންގި ކަމަށް ބެލެވެނީ ޖިންސީ ނިޔަތެއް އޮވެގެން، ކުޑަކުއްޖެއްގެ ޖިންސީ ގުނަވަނެއްގައި އަތްލުމުންނެވެ. މި ފަދަ ޢަމަލެއް ހިންގައިފިނަމަ 10 އަހަރާއި 14 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ޙުކުމްކުރެވިދާނެއެވެ.
ކޮމެންޓު ފޮނުވާ