ފުވައްމުލަކު ބަނދަރަށް ބޯޓަކުން ބިއްލޫރި ޝީޓްތަކެއް ބާލަމުން ދަނިކޮށް ދެމީހަކަށް އަނިޔާވެ ފަރުވާދެނީ

ފުވައްމުލަކު ބަނދަރަށް ބޯޓަކުން ބިއްލޫރި ޝީޓްތަކެއް ބާލަމުން ދަނިކޮށް ދެމީހަކަށް އަނިޔާވެ ފަރުވާދެނީ

Author
ހުސައިން
14 ސެޕްޓެމްބަރ 2024 02:47
0

ފުވައްމުލަކު ބަނދަރަށް ބޯޓަކުން ބިއްލޫރި ޝީޓްތަކެއް ބާލަމުން ދަނިކޮށް ބިއްލޫރި ޝީޓްތައް ތެޅި، ބަޔަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ހެނދުނު 09:32 ހާއިރުގައެވެ. އަދި މި ހާދިސާގައި ޖުމްލަ 4 މީހުންނަށް އަނިޔާވެފައިވެއެވެ. ފުލުހުން ބުނާ ގޮތުގައި މީގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 2 ބިދޭސީންނެވެ.

އަނިޔާވި 4 މީހުންވެސް މިހާރު ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ފުލުހުން މިހާރު ދަނީ މި ހާދިސާ ތަޙުޤީޤު ކުރަމުންނެވެ.

މި ހާދިސާގެ ވީޑިއޯ ކްލިޕެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. މި ވީޑިއޯގައި ދައްކާ ގޮތުން އެއް މީހެއްގެ ފައި ބިއްލޫރި ޝީޓުގެ ދަށުގައި ތާށިވާތަން ފެނެއެވެ.

މިފަދަ ހާދިސާތައް ކުރީގައިވެސް ދިވެހިރާއްޖޭގައި ހިނގާފައިވެއެވެ. މިދިޔަ އަހަރު ނ. މާކުރަތުގައި ހިނގި މިފަދަ ހާދިސާއެއްގައި ސަޕްލައި ބޯޓަކުން ބިއްލޫރި ޝީޓްތައް ބޭލުމަށް އެހީތެރިވެދެމުންދިޔަ ބިދޭސީއެއްގެ ފުރާނަ ގެއްލިފައިވެއެވެ.

މީގެ އިތުރުން ހުޅުމާލޭ ފޭސް 2 ގައި ރިޕޯޓުކުރެވުނު މިފަދަ ހާދިސާއެއްގައި އިތުރު ބިދޭސީއެއްގެ ފުރާނަ ގެއްލިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.