ވ. އާރަށުގެ މައްސަލައިގައި ޔާމިންގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ އަޑުއެހުމެއް ހޯމަ ދުވަހަށް ތާވަލް ކޮށްފި

ވ. އާރަށުގެ މައްސަލައިގައި ޔާމިންގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ އަޑުއެހުމެއް ހޯމަ ދުވަހަށް ތާވަލް ކޮށްފި

ގުޅުންހުރި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ވ. އާރަށުގެ މައްސަލައިގައި އުފުލާފައިވާ ދަޢުވާގެ އަޑުއެހުމެއް ހޯމަ ދުވަހު ހެނދުނު 9:00 އަށް ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އަޑުއެހުން ޔޫޓިއުބް މެދުވެރިކޮށް ލައިވްކޮށް ދެއްކުމަށްވެސް ވަނީ ނިންމާފައެވެ. މީގެ ކުރިން މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުނު އިރު، ދެ ފަރާތަށްވެސް ކުރީގެ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ދެވުނެވެ.

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިމެނޭ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެގުމާއި މަނީ ލޯންޑަރިންގގެ ކުށް ޔާމީނުގެ މައްޗަށް ސާބިތުވެ، 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އޭނާއަށް 11 އަހަރުގެ ޖަލު ހުކުމަކާއި 5 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައެޅިއެވެ. ހަމައެހެންމެ، ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ކުރެވުނެވެ.

ނަމަވެސް، ޔާމީނާއި ޔޫސުފް ނައީމް މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން، 2024 ވަނަ އަހަރުގެ އެޕްރީލް 18 ވަނަ ދުވަހު ހައިކޯޓުން ކަނޑައެޅި އުސޫލުތަކާ އެއްގޮތަށް ކްރިމިނަލް ކޯޓުގެ ނިންމުމާމެދު އަލުން ގޮތެއް ނިންމުމަށް މައްސަލަ އަނބުރާ ކްރިމިނަލް ކޯޓަށް ފޮނުވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ