ފައިލް ފޮޓޯ

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކްކުރި ދެ ބިދޭސީއަކު ހައްޔަރު ކޮށްފި

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކްކުރި ދެ ބިދޭސީއަކު ހައްޔަރު ކޮށްފި

ގުޅުންހުރި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ދެ ބިދޭސީއަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިއީ 39 އަހަރުގެ ނޭޕާލް ރައްޔިތެއް ކަމަށްވާ ރަޖްބަންށި ޗަތްރަ ބަހާދުރަ އާއި 24 އަހަރުގެ ޕާކިސްތާނު ރައްޔިތެއް ކަމަށްވާ ޒަހިދު މުހައްމަދެވެ. މި ދެމީހުންގެ ބަންދު އަމުރުގައިވާ ގޮތުން، ޒަހިދު މުހައްމަދު ޕާކިސްތާނުން ރާއްޖެއަށް އައި އިރު އޭނާގެ ހަށިގަނޑުގައި 60 ބުލެޓު މަސްތުވާތަކެތި ދިރުވާލާފައިވާ ކަމަށާއި، ރަޖްބަންށި ވަނީ މަސްތުވާތަކެތި އެކުލެވޭ ދަބަހަކާ ހަވާލުވެފައިވާ ކަމަށް ބުނެއެވެ.

ޒަހިދު މުހައްމަދު ބުނެފައިވަނީ އޭނާ ދިރުވާލާފައިވަނީ މަސްތުވާތަކެތި ކަން ނޭނގި ކަމަށާއި، އެއީ ބަޔަކު ބިރުދައްކައިގެން އޭނާ ލައްވާ ކުރުވި ކަމެއް ކަމަށެވެ. އަދި ރަޖްބަންށި ބުނެފައިވަނީ އޭނާއާ ހަވާލުކުރި ދަބަހެއް ކަމަށާއި، އެ ދަބަސް އޮތް ތަން އަމިއްލައަށް ބުނެދީފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން ބުނާ ގޮތުގައި ޒަހިދުގެ ހަށިގަނޑުން ފެނުނު 60 ބުލެޓާއި ދަބަހުން ފެނުނު މަސްތުވާތަކެތި ޓްރެފިކިންގ މިންގަނޑަށް ފެތޭ ކަމަށާއި، މިއީ ގިނަ ބަޔަކު ބައިވެރިވެގެން އިންތިޒާމުކޮށްގެން ހިންގާފައިވާ ޢަމަލެއް ކަމަށް ބެލެވެއެވެ. މި މައްސަލައިގެ ތަޙުޤީޤު ނިންމައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައި، އެ އޮފީހުން ބަލައިގަނެފައިވާއިރު، ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އެދިފައިވީ ނަމަވެސް، ކޯޓުން މި ދެ މީހުންގެ ބަންދަށް ޖަހާދީފައިވަނީ 20 ދުވަހެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ