ޗައިނާގެ އެންމެ ބޮޑު އެއް ބޭންކު ކަމުގައިވާ އައިސީބީސީ ގެ ގޮތްޕެއް ރާއްޖޭގައި ހުޅުވުވަނީ

ޗައިނާގެ އެންމެ ބޮޑު އެއް ބޭންކު ކަމުގައިވާ އައިސީބީސީ ގެ ގޮތްޕެއް ރާއްޖޭގައި ހުޅުވުވަނީ

ޗައިނާގެ އެންމެ ބޮޑެތި ބޭންކުތަކުގެ ތެރެއިން އެއް ބޭންކު ކަމުގައިވާ އިންޑަސްޓްރިއަލް އެންޑް ކޮމާޝަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) ގެ ގޮތްޕެއް ރާއްޖޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާކަން އިގްތިސާދީ ވުޒާރާއިން ހާމަކޮށްފިއެވެ. މި

ޗައިނާއާއި ރާއްޖެއާ ދެމެދު ދެ ޤައުމުގެ ފައިސާއިން މުޢާމަލާތްކުރުމަށް އެއްބަސްވުމެއް ޤާއިމްކުރުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި، އައިސީބީސީގެ ގޮތްޕެއް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.

އައިސީބީސީއަކީ 1984 ގައި އުފެދުނު، ޗައިނާ ސަރުކާރުން ހިންގާ ބޭންކެކެވެ. މިއީ ޗައިނާގެ އެންމެ ބޮޑު ހަތަރު ބޭންކުގެ ތެރޭގައި ހިމެނޭ، އަދި ދުނިޔޭގެ ފެންވަރުގައިވެސް ވަރަށް ބޮޑު ބޭންކެކެވެ. ހަރުމުދަލުގެ ގޮތުން ބަލާއިރު މިއީ ދުނިޔޭގެ އެންމެ ބޮޑު ބޭންކެވެ. އައިސީބީސީގެ އާމްދަނީ 105 ބިލިއަން ޑޮލަރު ހާސިލުކޮށްފައިވާއިރު، މި ބޭންކުގެ ޖުމްލަ ރައުސުލްމާލު އެއް ޓްރިލިއަން ޑޮލަރަށްވުރެ އިތުރެވެ.

މި ޚަބަރު އާންމުވި ދުވަހު، ޗައިނާގެ ޔުއާނުން ގަންނަ މުދަލަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކުމާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކުރެވުނެވެ. މި އެއްބަސްވުމުގެ ދަށުން ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތަކުގައި ދެ ޤައުމުގެ ފައިސާ ބޭނުންކުރުމަށް އޮނިގަނޑެއް އެކުލަވާލެވޭނެއެވެ. އިޤްތިޞާދީ ވުޒާރާއިން ބުނެފައިވަނީ މިއީ ދެ ޤައުމުގެ ދެމެދުގައި އިންވެސްޓްމަންޓްތައް އިތުރުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށެވެ.

ކުރީގެ ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެއާއި ޗައިނާއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމަށް މަސައްކަތްކުރެވުނެވެ. އޭރު އެ އެއްބަސްވުމުގެ މާއްދާތައް އެކުލަވާލައި، ސޮއިކުރުމަށް ތައްޔާރުވެފައި އޮތްނަމަވެސް، ފަހުން އައި ރައީސް ސޯލިހުގެ ސަރުކާރުން އެ މަސައްކަތް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

އެހެންނަމަވެސް، މިހާރު ލިބޭ މަޢުލޫމާތުން ދޭހަވާ ގޮތުގައި، އެ އެއްބަސްވުމުގައި ދެ ޤައުމުން ވަރަށް އަވަހަށް ސޮއިކުރުމަށް ތައްޔާރުވަމުންދާ ކަމަށް ބެލެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *