ހިޔާ ފްލެޓްގެ އެޕާޓްމެންޓެއްގައި ގަދަކަމުން އަންހެނަކު ހިފަހައްޓައިގެން އުޅުނު ދެމީހަކު ހައްޔަރު ކޮށްފި

ހިޔާ ފްލެޓްގެ އެޕާޓްމެންޓެއްގައި ގަދަކަމުން އަންހެނަކު ހިފަހައްޓައިގެން އުޅުނު ދެމީހަކު ހައްޔަރު ކޮށްފި

Author
ހުސައިން
14 ސެޕްޓެމްބަރ 2024 10:46
0

ހިޔާ ފްލެޓްގެ އެޕާޓްމެންޓެއްގައި ގަދަކަމުން އަންހެނަކު ހިފަހައްޓައިގެން އުޅުނު ކަމަށް ބެލެވޭ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެއެވެ.

މި ހާދިސާ ހިނގާފައިވަނީ އަންހެނަކު ސަލާމަތްކޮށްދިނުމަށް އެދި ގޮވައި ރޯ އަޑު އިވުމާ ގުޅިގެން ފުލުހުން އެ އެޕާޓްމެންޓަށް ގޮސް ދޮރުހުޅުވުމަށް އެދުމުންނެވެ. ފިރިހެނަކު ދޮރު ހުޅުވުމަށްފަހު އެއްވެސް ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރު ލައްޕައި ތަޅުލިކަމަށް ފުލުހުން ބުނެފައިވެއެވެ.

ނަމަވެސް އަންހެން މީހާ އަނެއްކާވެސް ސަލާމަތަށް އެދި ހަޅޭއްލެވުމުން، ތަކުރާރުކޮށް ދޮރު ހުޅުވުމަށް އެންގުމަށްފަހުވެސް ދޮރު ނުހުޅުވުމުން، ފުލުހުން ބާރުގެ ބޭނުންކޮށްގެން އެޕާޓްމެންޓަށް ވަދެ އަންހެން މީހާ ސަލާމަތްކޮށްފައިވެއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހ. ލާމިޔާގެ އުމުރުން 20 އަހަރުގެ އަހުމަދު އުވައިސްގެ އާއި މއ. ތްރީމޫންސްގެ އުމުރުން 39 އަހަރުގެ މުހައްމަދު މުމީތެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި މައްސަލައިގެ ތަޙުޤީޤު ދަނީ ކުރިއަށް ގެންދަމުން ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.