މީހެއްގެ ސައިކަލެއްގެ މަޑިދަށުން 400،000 ރުފިޔާއަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އުމުރުން 45 އަހަރުގެ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ ޖަހަންގިރް އާލަމް ހައްޔަރުކޮށްފައިވެއެވެ.
އިއްޔެ ކްރިމިނަލް ކޯޓުން އޭނާގެ ބަންދު 15 ދުވަހަށް އިތުރުކޮށްފައިވާ އިރު، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ކޮންމެވެސް ވަރަކަށް ހެއްކާއި ގަރީނާ ލިބިފައިވާ ކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. މީގެ ތެރޭގައި ސައިކަލުގެ ވެރިފަރާތުގެ ބަޔާނާއި، ސީސީޓީވީ ފޫޓޭޖް އަދި ގުޅުންހުރި ސްނެޕްޝޮޓްތައް ހިމެނެއެވެ.
ޖަހަންގިރް އާލަމްގެ މައްޗަށް ތުހުމަތުކުރެވެނީ ސައިކަލެއްގެ މަޑިދަށުގައި ބަހައްޓާފައި ހުރި 442،750 ރުފިޔާ ވަގަށް ނެގި ކަމަށެވެ. އެހެންނަމަވެސް، މި ތުހުމަތުތަކަށް އޭނާ ވަނީ އިންކާރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ