ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ފައިސާ ދެއްވާ ކަމަށް ބުނެ ފެތުރޭ ވާހަކަތައް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕުން ދޮގުކޮށްފިއެވެ. ޕީޖީ ގުރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ފޮޓޯތަކުން ފެންނަނީ ޕާޓީއަށް އަލަށް ގުޅޭ މީހުންގެ މެންބަރޝިޕް ފޯމުތައް ވައްދާ މަންޒަރު ކަމަށެވެ.
ފަލާހު ވިދާޅުވީ ނޮވެމްބަރު މަހުގެ ނިޔަލަށް ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތެއް ރައީސް މުއިއްޒު ފައްޓަވާފައިވާ ކަމަށާއި، ރަށްރަށުން ގެންނަ ގިނަ އަދަދެއްގެ ފޯމުތައް ގެނެވޭނީ ކޮތަޅު ނުވަތަ ފޮށިގަނޑަށް އަޅައިގެން ކަމަށެވެ. އޭނާ ވިދާޅުވީ މިއީ މަޖިލީހުގެ މެންބަރުންނަށް ކުރެވޭ ވަރަށް ބޮޑު ތުހުމަތެއް ކަމަށާއި، ރައީސް މުއިއްޒަކީ ކޮރަޕްޝަނާ ދުރު، އެފަދަ ނޭއްގާނީ ކަންކަން ނުކުރައްވާނެ ބޭފުޅެއް ކަމަށެވެ.
"އަދަދު" ނޫހުން "ބައިލައްކަ" ނަމުގައި ގެނެސްދިން ރިޕޯޓެއްގައި ބުނެފައިވަނީ ރައީސް މުއިއްޒު ޕީއެންސީ މެންބަރުންނަށް މަހަކު 50,000 ރުފިޔާ ދެއްވާ ކަމަށާއި، މި މަހު އިތުރު 25,000 ރުފިޔާއާއެކު ޖުމްލަ 75,000 ރުފިޔާ ދީފައިވާ ކަމަށެވެ. ފަލާހު މި ވާހަކަތައް ފެތުރުމުގެ އަޑީގައި ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ތުހުމަތުކުރައްވައި، ސަރުކާރުން މިހާރު ވަނީ އަދަދު ނޫހަށް ފިޔަވަޅު އަޅަން ނިންމާފައެވެ.
ކޮމެންޓު ފޮނުވާ