ޕީޖީގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށް ބާއްވާ ދައުރުން ބޭރުގެ ޖަލްސާ މިރޭ

ޕީޖީގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށް ބާއްވާ ދައުރުން ބޭރުގެ ޖަލްސާ މިރޭ

Author
ހުސައިން
11 ސެޕްޓެމްބަރ 2024 03:54
0

ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ)ގެ މަޤާމަށް ބޭފުޅަކު ޢައްޔަންކުރުމަށް ބާއްވާ ދައުރުން ބޭރުގެ މަޖިލީހުގެ ޖަލްސާ މިރޭ 21:00 އަށް އެޖެންޑާ ކޮށްފިއެވެ.

މި ދައުރުން ބޭރު ޖަލްސާގެ އެޖެންޑާގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންފުޅު ދިރާސާކޮށް، ގޮތެއް ނިންމުމަށް ކަމާބެހޭ ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.

މިދިޔަ މަހު ރައްޔިތުންގެ މަޖިލީހުން ނިންމީ ކުރީގެ ޕީޖީ ޙުސައިން ޝަމީމް މަޤާމުން ވަކިކުރުމަށެވެ. އޭގެ ފަހުން ހުޅުވާލެވުނު ޕީޖީ މަޤާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވާނެއެވެ.

މި މަޤާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ އަދި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އައްބާސް ޝަރީފް ހިމެނެއެވެ. އަދި ކުރީގެ ރައީސް ޔާމީންގެ ވަކީލު އާދަމް ޝަމީމްވެސް ވަނީ މި މަޤާމަށް ކުރިމަތިލެއްވުމަށް ނިންމަވާފައެވެ. އެނގިފައިވާ ގޮތުގައި މި ދެ ބޭފުޅުންވެސް ވަނީ މަޤާމަށް ކުރިމަތިލެއްވުމަށްޓަކައި ކުށުގެ ރެކޯޑު ސާފުކުރައްވާފައެވެ.

އެހެންނަމަވެސް، އިތުރު ބޭފުޅުން މި މަޤާމަށް ކުރިމަތިލައްވާފައިވޭތޯ އަދި ސާފެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.