ފާއިތުވި 3 ދުވަހު، 291 އުޅަނދު ބަލައިފާސްކޮށް މާލެ ސަރަޙައްދުން 76 އުޅަނދަކަށް ފުލުހުން ފިޔަވަޅު އަޅައިިފި

ފާއިތުވި 3 ދުވަހު، 291 އުޅަނދު ބަލައިފާސްކޮށް މާލެ ސަރަޙައްދުން 76 އުޅަނދަކަށް ފުލުހުން ފިޔަވަޅު އަޅައިިފި

Author
ހުސައިން
11 ސެޕްޓެމްބަރ 2024 12:01
0

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ފަށާފައިވާ ޚާއްޞަ މަސައްކަތްތަކުގެ ދަށުން މިދިޔަ 3 ދުވަހު، 291 އުޅަނދު ބަލައިފާސްކޮށް މާލެ ސަރަޙައްދުން 76 އުޅަނދަކަށް ފިޔަވަޅު އަޅާފައިވާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ. ސެޕްޓެމްބަރު 8، 9، 10 ވަނަ ދުވަހު މާލެއާއި ހުޅުމާލޭގައި ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކުގައި ހުޅުމާލެއިން ހަތަރުފުރޮޅުލީ 30 އުޅަނދު، 229 ސައިކަލު އަދި މާލެއިން ހަތަރުފުރޮޅުލީ 10 އުޅަނދާއި 22 ސައިކަލު ބަލައިފާސްކޮށްފައިވެއެވެ. މީގެ ތެރެއިން ހުޅުމާލެއިން 55 އުޅަނދަކަށާއި މާލެއިން 22 އުޅަނދަކާމެދު ފިޔަވަޅު އަޅާފައިވެއެވެ.

ނުރައްކާތެރިކޮށް ދުއްވައިގެން މާލެއިން 4 އުޅަނދާއި ހުޅުމާލެއިން 5 އުޅަނދު ހުއްޓުވާފައިވާއިރު، ލައިސަންސް ނެތި ދުއްވައިގެން މާލެއިން ހަތަރު ފުރޮޅުލީ 2 އުޅަނދާއި 15 ސައިކަލު، އަދި ހުޅުމާލެއިން 8 ސައިކަލު ހިފަހައްޓާފައިވެއެވެ. ޖުމްލަ 39 އުޅަނދެއް ޓޯކޮށްފައިވާއިރު، 47 އުޅަނދެއް ވަނީ ނަސޭހަތްދީ ދޫކޮށްލާފައެވެ.

މާލެ ސަރަޙައްދުގައި ނުރައްކާތެރި އެކްސިޑެންޓްތައް އިތުރުވަމުންދާތީ، ޓްރެފިކް ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުން ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކަމާ ގުޅުންހުރި އިދާރާތަކަށް ގޮވާލައްވާފައެވެ.

މިއާއެކު 24 ގަޑިއިރު މަގުތައް ޕެޓްރޯލްކުރާގޮތަށް ފުލުހުންގެ ޚާއްޞަ އޮޕަރޭޝަންތަކެއް ވަނީ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.