ކުޅުދުއްފުށި ސިޓީގެ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

ކުޅުދުއްފުށި ސިޓީގެ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

Author
ހުސައިން
11 ސެޕްޓެމްބަރ 2024 10:58
0

ކުޅުދުއްފުށި ސިޓީގެ ފަޅުތެރެއިން މަރުވެފައި އޮތް މީހަކު މިއަދު ހެނދުނު ފެނިއެއްޖެއެވެ.

އެރަށު ކައުންސިލުން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ސިޓީގެ އުތުރު ފަރާތު ބަނދަރުގެ ފަޅުތެރޭގައި މަރުވެފައި އޮތް މީހާ ފެނިފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:20 ނުވަތަ 8:25 ހާއިރުއެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ އުމުރުން ގާތްގަނޑަކަށް 36 އަހަރުގެ ފިރިހެނެކެވެ.

އެ މީހާގެ ހަށިގަނޑުގައި ޒަޚަމްތަކެއް ހުރިކަން ނުވަތަ ނެތްކަން މިހާތަނަށް ޔަގީންވެފައެއް ނުވެއެވެ.

މަރުވެފައި އޮތް މީހާގެ ހަށިގަނޑު މިހާރު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން ބުނެފައިވަނީ، އެ ސިޓީގެ ފަޅުތެރެއިން ހަށިގަނޑެއް ފެނިގެން ސީނުގައި ފުލުހުން ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.