ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ދަށުން، 16 ޖަމިއްޔާއަކަށް ސަރުކާރުގެ ބަޖެޓުން ޖުމްލަ 3 މިލިއަން ރުފިޔާގެ އެހީ ދީފިއެވެ. މި އެހީ ދެވިފައިވަނީ ޖަމިއްޔާތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލުމުން، ޕްރޮޕޯސަލްތައް ހުށަހެޅި ޖަމުޢިއްޔާތަކުގެ ތެރެއިން ހޮވާލެވުނު 16 ޖަމިއްޔާއަށެވެ.
މިކަމާ ގުޅޭގޮތުން ޔޫތު މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، ބައެއް ޖަމިއްޔާތަކުން ހިންގަން ނިންމާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި އިޖުތިމާޢީގޮތުން މުޖުތަމަޢުއަށް ފައިދާކުރާނެ އެތައް ކަމެއް ކުރަން ނިންމާފައިވެއެވެ.
އޭގެ ތެރޭގައި އެކި ދާއިރާތަކުން ހޭލުންތެރިކަމުގެ ޕްރޮގްރާމުތަކާއި ޕާކު ތަރައްޤީކުރުން ފަދަ ކަންކަން ހިމެނެއެވެ. މި މަޢުލޫމާތު ވަނީ ޔޫތު މިނިސްޓްރީން ހާމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ