ގއ. ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

ގއ. ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި

ގުޅުންހުރި

މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމުގެ އިންޓެލިޖެންސް މަޢުލޫމާތަކާ ގުޅިގެން، ގއ. ވިލިނގިލީ ސަރަޙައްދުން ދޯންޏެއް ހުއްޓުވައި ބަލައި ފާސްކުރުމަށްފަހު ދިވެއްސަކާއި ބިދޭސީއެއް ހައްޔަރުކޮށް 15 ދުވަހުގެ މުއްދަތަށް ބަންދުކޮށްފިއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 4 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. ހައްޔަރުކުރެވުނު މީހުންނަކީ:

1. އަލީ މުމްތާޒް (37 އަހަރު) – ލ. ފޮނަދޫ / ކެނެރީގެ
2. އިރުޝާދު މިއާ (29 އަހަރު) – ބަންގްލަދޭޝް ރައްޔިތެއް

ވިލިނގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ޑިޕާޓްމަންޓް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، ޝައްކުކުރެވުނު ދޯނި ކަނޑުމަތިން ހުއްޓުވައި ކޫއްޑޫ ބަނދަރަށް ގެންގޮސް ބަލައި ފާސްކުރެވުނެވެ. މި ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ފެނުނު ކަމަށާއި، އޭގެ ވަގުތީ ބަރުދަނަކީ 126 ގްރާމް ކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށްފަހު، މި ދެ މީހުން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މި މައްސަލައިގެ ތަޙްޤީޤު ވިލިނގިލި ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ